ޚަބަރުމުނިފޫހިފިލުވުން

ކިއްލާގެ އަށްވަނަ ގިގު މާދަމާ ރޭ ކްލަބްހައުސްގައި ބާއްވަނީ!

”ކިއްލާ“ގެ އަށްވަނަ ވަނަ ރަސްމީ ”ގިގު“ މާދަމާ ރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.

”ކިއްލާ“ އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ އަށްވަނަ ޝޯ އޮންނާނީ މާދަމާ ރޭ 22:30 އިން 00:00 ހަމައަށެވެ.

ކުރީގެ ޝޯތަކެކޭ އެއްފަދައިން މިރޭގެ ޝޯގައި ވެސް 2 ފަންނާނަކު ބައިވެރިވާނެއެވެ. އެގޮތުން މި ޝޯވ ލައިވްކޮށް ހުށަހަޅައިދޭ ދެ ފަންނާނުންނަކީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އިން ފެނިގެން ދިޔަ ލަވަކިޔުންތެރިޔާ އާއިޝަތު ޖައިޝާ ވަހީދު (ޖައި) އަދި ޓްރިއުނިޓީ ބޭންޑުގެ ލީޑު ވޯކަލިސްޓް ޝާފީ ސައީދު އެެވެ.

”ކިއްލާ“ގެ ކޮންމެ ލައިވް ޝޯވ އަކީ ވެސް ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ޝޯތަކެކެވެ. އެގޮތުން ދެވަނަ ފަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާ ހަވީރު 18:00 އާ ހަމައަށް ކިއްލާ އިން ވަނީ ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މާދަމާ ރޭގެ ޝޯވް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކުން ކިއްލާގެ މާކެޓިން ހެޑް އަބްދުﷲ ޒިޔާދު 7594405 އާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެއެވެ.

ޝޯވްގެ ލިންކު

”ކިއްލާ“ ގިގު ނައިޓަކީ ލަވައާއި މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބަކުން ފެށި މަސައްކަތެކެވެ.

”ކިއްލާ“ގެ ހިންގާ ކޮމިޓީން ބުނީ، ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓުތަކަށް އަމާޒުކޮށްގެން އެ ކްލަބުން ކޮންމެ ބުދަ ދުވަހެއްގައި ހުށަހަޅައިދޭ ލައިވް ލޯންޖު ޝޯވްގެ 4 ވަނަ ޝޯވް އަކަށް ތައްޔާރު ވަމުން އަންނަ ކަމުގައެވެ.

”ބުދަ ދުވަހުގެ ޝޯވް އާއި ދޭތެރޭގަ އެއްޗެއް ދަންނަވަން އަދި ދަތި. އެއީ ގެސްޓްހައުސްތަކާއި ސަފާރީ ބޯޓުތަކުން ރިކުއެސްޓް ކޮށްގެން ކުޅޭ ޝޯވް އަކަށް ވާތީ.“ ކިއްލާ އިން ބުންޏެވެ.

ކިއްލާގެ ކުޑަދަށުގައި ކުޅޭ ކޮންމެ އާޓިސްޓަކީ ކްލަބްހައުސް އިން އެކަށީގެންވާ އާމްދަނީއެއް ލިބޭ ބައެއްކަން ފާހަގަކޮށްލެވެއެވެ. މި ލައިވް ޝޯވްތައް އިންތިޒާމްކޮށް މެނޭޖު ކުރުމުގެ މުގުލުގައި ހުންނެވީ ހުނަރުވެރި މިއުޒިޝަން މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އެވެ.

ކިއްލާއިން ބުނާގޮތުގައި އެ ކްލަބްގެ އަމާޒަކީ އާޓިސްޓުން ގޭގައި ތިބެގެން ކަލްބް ހައުސްގައި ދޮޅު ގަޑިއެއްހާއިރު ޝޯވް ކުޅެގެން އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި އެ ކްލަބްގެ އަނެއް 2 އަމާޒު ކަމަށްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުރިޔަށް ދެވޭނެ މަގު ކޮށައިދިނުމާއި ރާއްޖޭގެ މަސްރަހުގައި ހިނގާ މުހިންމު ކަންކަމާގުޅޭގޮތުން ހިޔާލު ބަދަލުކޮށް އާންމުން ހޭލުންތެރި ކުރުވުމުގައި އައު ހަރުފަތަކަށް ވާސިލްވުމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button