ބޮމުގެ ހަމަލާގެ ތަހުގީގަށް ނަޝީދު ފާޑުކިޔަނީ!
6 މެއި ގައި ރައްޔިތުން މަޖިލިހުގެ ރައިސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރިއަށް ނުގެންދާކަމަށް ބުނެ ފުލުހުންގެ ތަހުގީގަށް އެމަނިކުފާނު ފާޑުވިދާޅުވެއްޖެއެވެ.
ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކަންޓުން ކުރި ޓިވީޓެއްގައި ވަނީ އެ މަނިކުފާނު އެހެން ގަބޫލު ކުރައްވާ މައިގަނޑު 6 ސަބަބެއް ހާމަ ކުރައްވާފައެވެ.
ފުރަތަމަ ސަބަބެއް ގޮތުގައި ނަޝީދު ވިދާޅުވީ ހައްޔަރު ކޮށްފައިވާ މީހުންގެ ހަރަކާތްތައް ހުރިގޮތް ބަލާފައި ނެއްކަމަށެވެ. ދެވަނަ ސަބަބަކީ ގޮއްވާލި އައިއީޑީ ތައްޔާރުކުރަން ބޭނުންކުރި ތަކެތީގެ އަސްލު ފުލުހުންނަށް ހޯދިފައި ނުވުމުވެ. ތިންވަނަ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ހަމަލާއަށް ފަންޑު ކުރި މީހުން ހޯދިފައި ނެތުމެވެ.
I don’t think the MPS has done a proper investigation on the assassination attempt on me.
1. They have not traced the movements of those arrested.
2. They have not found the origin of the material used.
3. They have not found where the funding for the operation originated.— MN unofficial (@anedhivehirajje) July 18, 2021
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ހަމަލާގެ މައުލޫމާތު އެނގޭ އެކަކުވެސް ހޯދިފަ ނުވާކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި ފުލުހުންނަށް މިއަށް ވުރެން ރަނގަޅަށް ހަމަލާގެ ތަހުގީގު ކުރިއަށް ގެންދެވޭނެ އެވެ.