ޚަބަރު

އެމްޑީޕީގެ ޔޫތު ވިންގު ވެސް ރައީސް ސޯލިހާއި ދެކޮޅު!

ސަރުކާރާއި އިއްތިހާދު ވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ބޮލާލާ ނުޖެހުމަށް އެޕާޓީގެ ޒުވާނުންގެ ހިއްވަރުން ގޮވާލައިފިއެވެ.

ޒުވާނުންގެ ހިއްވަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޒަމާންވީ އުސޫލުތައް ބޮލާލާ ނުޖެހުމަށް މަޖިލިސް ރައީސް މުހަންމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ޒުވާނުންގެ ހިއްވަރުން ފުރިހަމައަށް ތާއިދުކުރާކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއް އަސާސަކީ އަނިޔާނިވެރިކަމާ ދެކޮޅުވުން ކަމަށެވެ. އަދި ނިމިދިޔަ ރިޔާސި އިންތިހާބުގައި އެމްޑިޕީއިން ވީ އެންމެ މުހިންމު އެއް ވައުދަކީ ގޮތް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައުދިނުންކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައިސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ ބަޔަކުމީހުން އެމަނިކުފާނާމެދު މުޖުތަމައުގައި ނަފްރަތު އުފެއްދުމުގެ ސަބަބުން ދެވުނުު ހަމަލާއެއްކަމުގައެވެ. އަދި މިކަން ހުއްޓުވޭނީ މަޖިލީހަށް ހުށަހެޅިފައިވާ ނަފްރަތުގެ ބިލު ފާސްކޮށްގެންކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ކޯލިޝަނުގެ ބައެއް ޕާޓީތައް ނުރުހުން ފާޅުކުރި ހިސާބުން ސަރުކާރުން ފޮނުވި ބިލު، ސަރުކާރުން ދިފާއުނުކުރުމަކީ އެ ޕާޓީގެ އަސާސްތަކާއި ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށެވެ.

މި ބަޔާނުގައިވަނީ ވަގުތީ ސިޔާސީ މަންފާއަށް ވުރެ ރައްޔިޔުންގެ އަސާސީ ހައްގުތަައް ހިމާޔަތްކޮށް ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުން ވީ ވައުދުތަށް ފުއްދުމަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button