ޚަބަރު

ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތައް ހިންގޭ ލިމިޓް ބޮޑުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތައް ބޭނުން ކޮށްގެން ރާއްޖެ އިން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކުގެ ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރު ވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ އެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާ ނަމަ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށެވެ.

މިއަދުން ފެށިގެން ގެނައި ބަދަލާއެކު ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ބޭރުގެ މުއާމާލާތުތައް ހިންގަން ކޮންމެ މަހަކު 500 ޑޮލަރު ބޭނުން ކުރެވޭނެ އެވެ. އަދި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ކާޑަކުން، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.

މީގެ އިތުރުން ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާއިރު، ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި ރާއްޖޭގެ ހާލަތަށް ބަލާ އިތުރު ބަދަލުތަށް އެ ބޭންކުން ގެންނަމުން ދާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button