ޚަބަރުސިޔާސީ

ޑިމޮކުރަސީއަށް މަސައްކަތް ކޮށްކޮށް ކަޅުވެއްޖެ: ޖާބިރު

ޑިމޮކުރަސީއަށް މަސައްކަތް ކޮށްކޮށް ކަޅުވެއްޖެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ޖާބިރް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް އެދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށައެޅުއްވުމާ ގުޅިގެންނެވެ.

އެގޮތުން މެންބަރު ޤާސިމް ހުށައެޅުއްވި އިސްލާހުގެ ތެރޭގައި

  1. ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި 71ވަނަ މާއްދާއަށް އިސްލާހު ގެނައުން ( ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަންޑައެޅުން ) 71ވަނަ މާއްދާގެ ހ. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް ކަންޑައެޅުން
  2. 72ވަނަ މާއްދާގެ ހ. 71ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާގޮތަށް 87 އިންތިހާބީ ދާއިރާ އޮތުމާ އެދާއިރާތަކަށް އިންތިހާބު ކުރާނީ އެއް މެންބަރެކެވެ.

މި އިޞްލާހަށް ވާހަކަދެއްކުމަށް ލިބުނު ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ކަނަޑައެޅިގެން އެކަމާ ދެކޮޅުކަމަށާއި، މާމިގިލި ދާއިރާއަށް ދެގޮނޑި އުފަން ވާތީ، ގާސިމް އިބްރާހިމަށް ގާނޫނު އަސާސީ އުފަން ކުރަން ނުޖެހޭ ކަމުގައެވެ.

ޖާބިރް ގަބޫލްކުރައްވަނީ މަޖިލީހުގައި 174 ގޮނޑި ހުންނަން ޖެހޭ ކަމުގައެވެ. ސަބަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކާށިދޫ ދާއިރާގައި 2 މެންބަރުން ތިބެންޖެހޭނެ ކަމަށާއި، އެއް މެންބަރަކު މަޖިލީހަށް ނައިސްފި ނަމަ، އަނެއް މެންބަރަކު މަޖިލީހުގައި ހުންނާނެ ކަމުގައެވެ.

”މާމިގިލި ދާއިރާ އަދި މީދޫ ދާއިރާ ތަމްސީލް ނުކުރެވި މިދަނީ އަދިވެސް ގާނޫނު އަސާސީ ފާހާފަ ހުންނަ ކޯޓެއްހެން ލާންވީ ތޯ އެ ދުވަހެއް ނޫން މިއަދަކީ. ޖުމްހޫރީ ޕާޓީއިން ގަބޫލް ކުރަންވީ ކޯލިޝަން އަކީ ނަހަލާލް އެއްޗެއްކަން، މިރާއްޖޭގެ ރައްޔިތުންގެ ހަޒާނާއަށް އަތްބާނާން ވެރިކަން ކުރުމުގެ އާދަކާދަ ދޫކޮށްލަން ވީކަމަށް.“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޑިމޮކްރަސީއަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ބައެއް ސިޔާސީ ބޭފުޅުންގެ އަމިއްލަ އެދުން ބޮޑު ވުމުގެ ސަބަބުން ރާއްޖެ ފަހަތަށް ސޮއްސާލާފައިވާ ކަމުގައެވެ.

One Comment

  1. ކޮން ޑިމޮކްރެސީއެއް މިމީހުންނައް ގެނެވޭނީ 24 ގަޑިއިރު ތިބެނީ ޖޫސް ބޮއެގެން ބުއްދި ފިލާފަ މީނަ އެއްޗެއް ބުނާއިރައް މޮޅުކަމަކައް ވެގެން ނޫސްތަކުގަ ފަލަސުރުހީގަ ލިޔެ ވީޑިއޯތައް ސޯސަލް މީޑިއާގަ ދައުރު ކުރާނެ ބޯހަލާކު މިގައުމު ހަލާކު ކުރާބަޔާކީ ތިޔަމީހުން. މީސްތަކުންނޭ ހޭރަން ވެއްޖެ މިހާރު ލިސްނުކުރޭ ވަގުތު ފާއިތުވިޔަނުދީ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button