ޚަބަރުސިޔާސީ

އަލީ ވަހީދު ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން އަންގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން އޭނާއަށް ޗިޓް ފޮނުވައިފި އެވެ.

ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 ކަމަށް މައުލޫމާތު ލިބެއެވެ.

ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، އެ ކޯޓުން ޗިޓު ފޮނުވާފައިވަނީ، އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަމުންދާ މައްސަލައިގެ އަޑު އެހުމަށެވެ.

އޮންލައިން އަޑުއެހުމަކަށް ފަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވީ އޭނާ ހުރި ތަން ސާފު ނުވާ ގޮތަށް ކަމަށާއި، އެ ހުރި ތަން ސާފުވާ ގޮތަށް ޝަރީއަތް ގެންދިއުން ނޫން ގޮތަކަށް ޝަރީއަތް ގެންދަން ދައުލަތުން އިއުތިރާޒް ކުރި ކަމުގައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު މީގެ ކުރިން ވަނީ ހިފަހައްޓާފައެވެ. އެހެންނަމަވެސް އެ އަމުރު ފަހުން ވަނީ ބާތިލު ކޮށްފައެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button