ޚަބަރުސިޔާސީ

ރައީސް ޔާމީންގެ އެހީއަށް އެދިގެން ނޫނީ ގައުމު ސަލާމާތް ކުރެވޭކަށް ނެތް: ނަޝީދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެހީތެރިކަމަށް އެދުމަކީ މިވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕެއްގައި ކުރެއްވި މެސެޖެއްގައެވެ. ނަޝީދު ކުރެއްވި މެސެޖްގައި ވިދާޅުވެފައިވަނީ ޕީޕީއެމަށް ބަދަލުތަކެއް ގެނެވިއްޖެ ނަމަ، އެމްޑީޕީއާއި ޕީޕީއެމްގެ އިއްތިހާދެއް އުފެއްދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޕީޕީއެމްއަށް ނަޝީދު ގެންނަން ބޭނުންވާ ބަދަލު ތަކުގެ ތެރޭގައި އިންޑިއާ އައުޓް ފަލްސަފާއާއި ދުރުވުމާއި ނަފްރަތުގެ ބިލަށް ތާއީދު ކުރުމާއި އަދި މިއުޒިކް ހުއްދަ ކަމަށް ބަލައިގަތުން ހިމެނެއެވެ.

ނަޝީދު ޕީޕީއެމް އާއިއެކު އިއްތިހާދު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިމިވަނީ އެމްޑީޕީ އާއި އެކުގައި ސިޔާސީ މަސައްކަތް ނުކުރާނެކަމަށް ޕީޕީއެމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

One Comment

  1. މި ނަޝީދު ބޭނުންވާ ގޮތަށް ސަރުކާރު ހިންގިއިރު، ޔާމީން ޖަލަށްލުމުން އަތްޖަހަން ހުރި. މިހާރު، މިކަލޭގެ ބޭނުންވާ ޤާނޫނު ފާސްނުވާނެހެން ހީވުމުން، ޔާމީނަށް މާ ހެޔޮއެދޭ ގާތް މީހަކަށްވެއްޖެ. ދަންނާތި. ލަަދީނީ ފިކުރަކަށް ލާދީނީ ވިސްނުމަކަަށް ޔާމީން އާބަހެއް ނުކިޔާނެ! އެއީ އެއަށްވުރެ އިސްލާމް ދީން ދެކެ ލޯބިވާ ، ދީން ކުރިއަރުވަން މަސައްކަތްކުރި ގޮތުގައި ހުންނަވާނެ ވެރިޔެއް.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button