ޚަބަރުކުޅިވަރު

މެސީ ބާސާގައި މަޑުކުރަން ނިންމައިފި

ލިއޮނެލް މެސީ ބާސެލޯނާގެ އިތުރު ކޮންޓްރެކްޓެއްގައި ސޮއި ކުރަން ނިންމައިފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުގައި މެސީ ސޮއި ކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އަދި މެސީގެ އައު ކޮންޓްރެކްޓަކީ މިހާރުގެ މުސާރައަށް ވުރެ ކުޑަ މުސާރައެއް ދޭނެ ކޮންޓްރެކްޓެކެވެ.

މެސީގެ ކޮންޓްރެކްޓް ހަމަވެ، އޭނާ ފްރީ އެޖެންޓަކަށް ވުމުން ދުނިޔޭގެ ގިނަ ފުޓްބޯޅާ ސަޕޯޓަރުން އަންނަނީ އޭނާ ދެން އަލުން ބާސާ އާއި ގުޅޭނެތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަމުންނެވެ. އަދި ބާސާގައި މެސީ ބެހެއްޓުމަށް އެ ކުލަބުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިން ތަކެއް ވިއްކާލަން މަސައްކަތް ކޮށްފަ އެވެ.

ބާސާ އިން ދަނީ، މިދިޔަ ދެ ސީޒަންގައި، މެސީގެ އެޓޭކިން ޕާޓްނަރެއްގެ ގޮތުގައި ހުރި އެންޓްއާން ގްރިޒްމަން އަލުން އެތުލެޓިކޯ އަށް ފޮނުވައި ބަދަލުގައި އެ ޓީމުގެ މިޑްފީލްޑަރު ސައުލް ނިގެޒް ގެންނަން މަސައްކަތް ކުރަމުންނެވެ. ބާސާ އިން ގްރީޒްމަން ގަނެފައިވަނީ 141 މިލިއަން ޑޮލަރު ގެ ރެކޯޑު ފީއެއް ދެއްކުމަށް ފަހުގައެވެ. އެހެން ނަމަވެސް ގްރީޒްމަން އަށް އެދެވޭ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެސީ ކޮންޓްރެކްޓް އައު ކުރުމަކީ އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެން ދާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button