
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަލަށް އުފައްދަން އުޅޭ ސިޔާސީ ޕާޓީ ކަމަށްވާ ”މޯލްޑިވްސް ނޭޝަނަލް ޕާޓީ“ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދުމަށް އެދި އިލެކްޝަަނަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމެވެ. އިލެކްޝަނުން ވަނީ މިކަން އާންމުކޮށް އެންގުމުގެ ގޮތުން ޓުވީޓެއްވެސް ކޮށްފައެވެ.
"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ.ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް ކޮމިޝަނުން މިއަދު ނިންމައިފި. @a_usham
— Elections Commission (@ElectionsMv) July 15, 2021
މެންބަރު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ އަކީ އޭނާގެ އިތުރުން ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ގުޅިގެން އުފެއްދުމަށް ނިންމާފައިވާ ޕާޓީއެއް ކަމަށެވެ.
”އުއްމީދަކީ މާލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިންމުން.“ އުޝާމް ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ @nazim7878 @MNA_MosTaaA @j4muhsin @riyazabdulla އަދި އަޅުގަނޑު ގުޅިގެން އުފައްދަން މަސައްކަތްކުރަމުންދާ ސިޔާސީ ޕާޓީއެއް. އުއްމީދަކީ މާލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިންމުން. ޝުކުރިއްޔާ @ElectionsMv https://t.co/c0HLvTMDgH
— Ahmed Usham (@a_usham) July 15, 2021
މެންބަރު އުޝާމަކީ ކާނަލް ނާޒިމްގެ އާއިލީ ބޭފުޅެކެވެ. ނާޒިމްގެ އިތުރުން ރިޔާޒު ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ.