ޚަބަރު

ޖުލައި 14 ”އަންނަ މަސް ދުވަސް“

މިއަދުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި 14 ވަނަ ދުވަހަކީ ”އަންނަ މަސް ދުވަސް“ ގެ ގޮތުގައި ފާހަގަ ކުރުމަށް އާންމުންގެ އެކުވެރި ޖަމްއިއްޔާ އިން ނިންމައިފިއެވެ.

އެ ޖަމްއިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހިޔާ ފްލްޓް, އޭގެ ހައްގުވެރިންނާ ހަވާލު ކުރާނީ އަންނަ މަހުގައި ކަމުގައި ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވާތާ 2 އަހަރު ވެއްޖެ ކަމުގައެވެ. އަދި އަސްލަމް ވިދާޅުވި ބަހަށް ބަރޯސާވެ، އާންމުންގެ އެތަށްބަޔަކު ކުއްޔަށް އުޅޭތާ ދެއަހަރު ވެފައިވާކަމުގައި އެ ޓްވީޓުގައި ހިމަނާފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.

އަންނަ މަހަށް ބަރޯސާވެ އެތައް ބަޔަކު ދަރިން ހުޅުމާލެ ސްކޫލުތަކަށް ބަދަލު ކުރިކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ. އަދި އަންނަ މަހަށް ބަރޯސާވެ ކޯވިޑް-19 ގައި ވަޒީފާ ގެއްލުމުންވެސް ރަށަށް ނުގޮސް މާލެގައި މަޑުކުރިން ވެސް ފާހަގަކޮށްފައި ވެއެވެ.

އެ ވީޑިއޯގައި ބުނެފައިވަނީ އަންނަ މަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކުރިއަށް އަންނަން ހުރި ސަރުކާރުތަކަށް މިސާލު ދެއްކުމުގެ ގޮތުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button