ޚަބަރު

ހިޔާ ފުލެޓުތަކުަގައި ސޮއި ކުރާ ތާރީހުތަކަށް ބަދަލު ގެނެސްފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމަރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވުނު ފަރާތްތަކާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ތާރީހު ތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަދަލުތަކެއް ގެނެސްފިއެވެ.

އެޗްޑީސީ އިން ބުނިގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ތާރީހަށް ބަދަލު އައިސްފައި ވަނީ H9 އިން ފުލެޓު ލިބުނު ފަރާތްތަކަށެވެ. އެޗްޑީސީއިން ވަނީ އިއްޔެވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން އިއްޔެ ސޮއިކުރަން ހަމަޖެހިފައިވާ 118 ފަރާތުގެ ތެރެއިން 112 ފަރާތްވަނީ އެއްބަސްވުމުގައި ސޮއި ކޮއްފައެވެ.

”ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ޓަވަރު H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން 15 ޖުލައި 2021 ގެ ބަދަލުގައި 18 ޖުލައި 2021 އަށް ވާހަކަ ދެންނެވީމެވެ.“ އެޗްޑިސީއިން ބުންޏެވެ.

އެޗްޑިސީ އިން ބުނިގޮތުގައި ފުލެޓުތަކުގައި ސޮއި ކުރެވޭނީ އެއްބަސްވުން ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއި ކުރުން ފަސްކުރީ އިތުރު ފަރާތްތަކުން މައުލޫމާތު ފޯމު ހުޝަހަޅަމުން ގެންދާތީ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހިޔާ ފުލެޓު ލިބުނު ފަރާތްތަކަށް ފުލުޓު ހަވާލުކުރުން ލަސްވާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުންތަށް ފާޅުކުރަމުންނެވެ. އަދި ވީހަވެސް އަވަހަކަށް ފުލެޓުތަށް އޭގެ ހައްގުވެރިންނަށް ހާވާލު ކުރުމަށް ގިނަ ބަޔަކު އަަންނީ ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button