ޚަބަރުސިޔާސީ

ތިނަދޫގައި 1،000 ހައުސިން ޔުނިޓު ޤާއިމުކުރާނަން: ޑރ. މުއިއްޒު

ތިނަދޫގައި އޮތް އާބާދީއާއި ރަށުގެ މުސްތަޤުބަލަށް ބަލައި 1،000 ހައުސިން ޔުނިޓު އެ ރަށުގައި ޤާއިމުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގދ.ތިނަދޫއަށް ވަޑައިގެން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ޖަލްސާގެވެ. ތިނަދޫ ތަރައްޤީކުރެއްވުމަށް ގެންގުޅުއްވަނީ ތަރައްޤީއާއި އާބާދީ އެއްފަސްކުރުމުގެ ވިސްނުމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، ތަރައްޤީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތިނަދޫގައި އަޅާ ހައުސިން ޔުނިޓުތައް ތިނަދޫ ރައްޔިތުންނަށް ދިނުމާއެކު، އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ތިނަދޫގައި ވަޒަންވެރިވުމުގެ ހައްގާއެކު ހައުސިން ޔުނިޓުތަކުން ޖާގަ ލިބޭނެ ކަމުގައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހު30ގައި ބާއްވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ގިނަ ބަޔަކު ދަނީ އިދިކޮޅާއި ގުޅެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button