ޚަބަރު

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު އާއި ގުޅޭގޮތުން ތަހުގީގު ކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ އެގޮތަށް ނިންމީ މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންވަނިކޮށް އަބްދުﷲ ފެމެލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުގައެވެ.

އަބްދުﷲ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމީ ސުޕްރީމް ކޯޓުންނެވެ. އެއީ އެ ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލުގެ ދަށުންނެވެ.

އަބްދުﷲ މުހައްމަދު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ދުވަސްވަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށް އޭނާ ރަހީނުކޮށްގެން ގިރިފުއްޓަށް ގެންދެވުނެވެ. އެ މައްސަލަ ހޫނުވެ އަބްދުﷲ މުހައްމަދު ދޫކޮށްލީ ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button