ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން ހުށަހެށި ފޯމު އިލެކްޝަންސް ކޮމިޝަނު (އީސީ) އިން ބާތިލު ކޮށްފިއެވެ.
އީސީއިން މިއަދު ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަށާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް ފުރިހަމަ ނުވާތީ ކަމާލުއްދީން ހުށަހަޅާފައިވާ ފޯމު މިއަދު ބާތިލް ކޮށްފައިވާ ކަމުގައެވެ.
”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން އީސީ އިން ބުނި ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ހުރި ފަރާތަކަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެއެވެ. ކަމާލުއްދީން އަބްދުﷲ ކަމާލުއްދީން އަދިވެސް ހުންނެވީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ މެނަބަރެއްގެ ގޮތުގައެވެ. އަދީ ޕާޓީން ވަކިވުމަށް އެމްއާރްއެމްގައި އެދިފައި އޮތަސް އީސީއަށް އެކަން އެނގިފައެއް ނުވެއެވެ.
ކަމާލުއްދީން ވިދާޅުވިގޮތުގައި އައު ޕާޓީއެއް އުފައްދަން އޭނާ ނިންމީ ރައްޔިތުންގެ އެދި ލެއްވުމުގެ މަތިންނެވެ.