ޚަބަރު

ހިޔާ ފުލެޓު އެއްބަސްވުންތަކުގައި ސޮއި ކުރަން ފަށައިފި

ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތައް އެއްބަސްވުމުގައި ސޮއި ކުރަން ފަށައިފި އެވެ.

އެގޮތުން މިއަދު ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރަން ހަމަޖެހިފައިވަނީ ޓަވަރު H9 އިން ފްލެޓް ލިބިފައިވާ 118 ފަރާތަކާއެކުއެވެ. ސޮއިކުރުން ކުރިއަށް ދާނީ މިއަދު 09:45 އިން 12:00 އަށް  ހުޅުމާލޭ  ހުރަވީ ސްކޫލުގައެވެ.

އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ޖެހޭނެ އެވެ. ވެރިފަރާތުގެ ބަދަލުގައި ސޮއި ކުރަން އެހެން ފަރާތަކަށް ޕަވާ އޮފް އެޓާނީ ދީފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއެކު ހާޒިރުވާން ޖެހެ އެވެ. ކޯވިޑް-19 ގެ ހާލަތާއިގުޅުގެން އެއްބަސްވުމުގައި ސޮއި ކުރަން އަންނައިރު ކޮންމެ ފަރާތަކުންވެސް ގަލަން އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ އިންކް ޕެޑް އަމިއްލައަށް ގެންދަން ވެސް އެދިފައި ވެއެވެ.

ހިޔާ މަޝްރޫގެ އެގްރިމެޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button