ޚަބަރުސިޔާސީ

ނިޒާމު ބަދަލު ކުރާކަށް މަޝްވަރާއެއް ނުކުރޭ: އިދިކޮޅު

ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ނިޒާމު ބަދަލު ކުރުމާއި މެދު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށާއި ނުވެސް ކުރާނެ ކަމުގައެވެ.

ޝިޔާމް ވިދާޅުވީ 2007 ރައްޔިތުން ގޮތް ނިންމާފައިވާ ކަމެއް އިތުރަށް ބަދަލުކުރުމުގެ ބޭނުމެއްނެތް ކަމަށެވެ. ޝިޔާމް ވިދާޅުވީ ރިޔާސީ ނިޒާމުގެ ލާމަސީލު މިސާލު 2013 އިން 2018 ވަނަ އަހަރާއި ހަމަޔަށް ރައީސް ޔާމީން ދައްކަވާފައިވާ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމުގައެވެ. އަދި ރައީސް ނަޝީދުގެ ސިޔާސަތަކީ ޕީޕީއެމްގެ ސިޔާސަތާއި ތަފާތު ސިޔާސަތުތަކެއް ކަމުން އެކުގައި މަސައްކަތް ނުކުރެވޭނެކަންވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު ޕީޕީއެމްގެ އެހީތެރިކަމަށް އެދޭނެ ކަމުގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button