ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މީޑިއާއަށް ދޮގު މައުލޫމާތު ދިން: އިދިކޮޅު ކޯލިޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެން ފުލުހުންގެ މީޑީއާއިން ނޫސް ވެރިންނަށް ދޮގު މައުލޫމާތު ދިން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ އައު މައްސަލަ އަކާއި ގުޅިގެން ކަމަށް ފުލުން ”މިހާރު“ ނޫހަށް މައުލޫމާތު ދީފައި ވާކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައިވަނީ މާކުރިން ބަލާ ނިމިފައިވާ މައްސަލައެއްގައިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަށް ބިރު ދެއްކުމަށްފަހު، ބާޔާން ނަގައި، ސޮއި ކުރުވަމުންދާ ކަމުގައި ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ވީމާ ވަކި ގޮތަކަށް ފުލުހުން އަމަލު ކުރަމުންގެންދާ ކަމުގައިވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވިގޮތުގައި ފުލުހުން ރައީސް ޔާމީނާއި މެދު އަމަލު ކުރަމުން ގެންދަނީ ގައިރު ގާނޫނީ ކޮންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button