ޚަބަރުސިޔާސީ

ގައުމު ސަލާމަތްކުރެވޭނީ ރައީސް ޔާމީނަށް

މިހާރު ގައުމު މިއޮތްހާލަތުން ސަލާމަތްކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުލްގައްޔޫމަށް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.

މިއަދު އިދިކޮލު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހަމަދު ޝިޔާމް ވިދާޅުވީ ގައުމުގެ ހާލަތު ވަރަށް ގޯސްކަމަށާއި، ގައުމު އަލުން ސަލާމަތްކުރެވޭނީ ރައީސް ޔާމީނަށް ކަމަށެވެ.

ޝިޔާމް ވިދާޅުވިގޮތުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝިދު ރައީސް ޔާމީނާއެކު މަސައްކަތްކުރަން ބޭނުންފުޅުވާކަން ހާމަކުރުމަކީ ގައުމު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައިވާކަން އެމަނިކުފާނުވެސް ގަބޫލުކުރައްވާ ކަން ދޭހަކޮށްދޭ ކަމެކެވެ. ޝިޔާމް ވިދާޅުވިގޮތުގައި އިދިކޮޅު ކޯލިޝަނުން ހުރީ ސަރުކާރާއެކު މަސްކަތްކުރަން ތައްޔާރަށެށެވެ.

”މި ކޯލިޝަނަކީ ވަރަށް ތަޖުރިބާކާރު ޓީމެއް. ސަރުކާރުން ބޭނުންވެއްޖެ ކަމުގައިވަނީނަމަ އަޅުގަޑުމެން ސަރުކާރާއެކީ މަސައްކަތްވެސް ކުރާނަން.“ ޝިޔާމް ވިދާޅުވިއެވެ.

އިއްޔެ ރައީސް ނަޝީދު ވަނީ ރައީސް ޔާމީނާއެކު މަސްކަތް ކުރައްވަން ބޭނުންފުޅުވާކަން ހާމަ ކުރައްވާފައެވެ. ނަމަވެސް ނަޝީދާއެކު ކޯލިޝަނެއް ނުހަދާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button