ޚަބަރުސިޔާސީ

މަންމާފުޅު އަވަހާރަވިތާ އިރުތަކެއް ނުވަނީސް ޔާމީނަށް އައީ ކޯޓަށް ހާޒިރުވުމުގެ އަމުރު

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވިތާ ހަތަރުގަޑިއިރު ފަހުން ރ.ފުއްގިރި މައްސަލައިގެ އަޑުއެހުމަކަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ޔާމީންގެ މަންމާފުޅު އަވަށްޓެރި ސްރީލަންކާގައި އަވަހާރަވެފައިވާއިރު ކޯޓުން ޗިޓު އެމަނިކުފާނަށް ފޮނުވީ މިއަދު މެންދުރު 13:00 އެހާކަންހާއިރެވެ. އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ ބުދަ ދުވަހަށެވެ.

ޔާމީންގެ މަންމާފުޅު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. އެމަނިކުފާނުގެ އެންމެ ބޮޑު އުންމީދެއް ކުރައްވަމުން އައީ ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު މަންމާފުޅު އަރިހަށް ޒިޔާތްރާތް ކުރެއްވުމަށެވެ.

One Comment

  1. ބޮންތި ނޫޙުގެ މީހުންނާއި ސަޕޯޓްކުރާ ހައެއްކަމީހުންގެ ހިތައްށާއި އަޅުގަނޑުގެ ހިތައް ތަދުވިޔަސް ޔާމިނު އަކައް ހިއެއްނުވޭ މަންމަ މަރުވެގެން އުޅޭ މީހެއްހެނެއް.. ބަލަހައްޓަންތިބި މީހުންނާއި ކޯޓްގަތިބި މީހުންނައްވެސް އިނގޭ މީއެއްވެސްވަރަކައް ރަޙްމެއްހުރި މީހެއްނޫންކަން. ޔާމިނުގެ މޯޓިވޭޟަނަކައް އެއްވެސް ބަދަލެއް ނާންނާތީވެ ޔާމިނުގެ އިޒްނައާއިއެކު މިއަދުގެ ޟެޑިއުލް އާއި އެއްގޮތައް ކުރިއައް ގެންދިޔައީ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button