ޚަބަރުވިޔަފާރި

އީދާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް

މިފަހަރުގެ އަޟްހާ އީދާއި ދިމާކޮށް މޯލްޑިވިއަނުން ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި މި އީދުގައި ރަށްރަށަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަނުން ހާއްސަ ދަތުރު ތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ދަތުރުތައް އޮންނާނީ މި ޖުލައި މަހުގެ 15، 16 އަދި 17 ގައެވެ. މި ދުވަސް ތަކުގައި ދަތުރުތައް އޮންނާނީ މާލެއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން ހަނިމާދޫއަށެވެ. އަދި މި މަހުގެ 29، 30 އަދި 31 ގައި ދަތުރުތައް އޮންނާނީ ހަނިމާދޫއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން މާލެ އަށެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް މޯލްޑިވިއަނުން ވަނީ ހާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައެވެ. މޯލްޑިވިއަނުން ޑާކާއަށް ދަތުރުތައް ބޭއްވުމަށް ހަމަަ ޖެހިފައިވަނީ މި މަހުގެ 21 އަދި 23 ދެ ދުވަހުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button