ޚަބަރުސިޔާސީ

ގަލޮޅު ދެކުނު މަޖިލިސް ގޮނޑިއަށް އިބުޓީ ހޮވަން ދާއިރާގެ މެޖޯރިޓީ ރައްޔިތުން ފޫގަޅައިފި!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އަދި ދާއިރާގެ ޕީޕީއެމްގެ ރައީސް އިބްރާހިމް މުހައްމަދު ކުރިމަތިލާން ނިންމައިފިއެވެ.

އިބުޓީއަކީ އެދާއިރާގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރު ޝަހުސިއްޔަތެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޒުވާނުންނަކީ ދުޅަހެޔޮ، މަސްތުން ސާފުވެގެން ޒިންމާދާރު ދިރިއުޅުމެއްގައި އުޅެންޖެހޭ ބައެކެވެ.

އިބުޓީއަކީ އިދިކޮޅުގެ މުޒާހަރާތަކާއި ސިޔާސީ ހަރަކާތްތަކުގަައި ވޭތުވެދިޔަ ފަސް އަހަރު ހަރަކާތްތެރިވެފައިވާ މެންބަރެކެވެ. ހާއްސަގޮތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލުން މިނިވަން ކުރުމަށާއި ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެނާއަކީ ޒުވާނުން ގޮވައިގެން ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން އާންމުންގެ މެދުގައި މަގުބޫލު ގިނަ މޫނުތައް މަޖިލިސް ގޮނޑިއަށް ފައި ނަގައިގެން ތިބިކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button