ޚަބަރު

ރައީސް ސޯލިހު އުތުރުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އުތުރުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި  ރައީސްގެ ދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށެވެ. މިދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 18 އަށެވެ.

ރައީސް ސޯލިހުގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރައީސް ސޯލިހްވަނީ ގިނަ ރަށްތަކަކަށް ޒިޔާރްތަކޮށް، ގިނަ ރަށްތަކެއްގެ ކައުންސިލާއި ބައްދަލުކުރައްވާފައެވެ، އެގޮތުން، އެމަނިކުފާނު ވަނީ މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ.

ކޯވިޑް ފެތުރުން ކޮންޓްރޯލްވުމާއިއެކު އިތުރު ރަށްރަށަށް އެމަނިކުފާނު ޒިޔާރަތްކުރައްވާ، ތަރައްގީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ގާތުން ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި  ރައީސް ސޯލިހްގެ ދަތުރުފުޅުގައި މިފަހަރު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ، ކުޅުދުއްފުށި ސިޓީ، ހދ.ހަނިމާދޫގެ އިތުރުން ހދ.ކުމުންދޫއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button