ޚަބަރުސިޔާސީ

”ދި ޑިމޮކްރެޓްސް“ ޕާޓީ އުފެއްދުމަށް ހުއްދަދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން ފިކުރެއްގެ ދިރުމުން އުފައްދާ ”“ދި ޑިމޮކްރެޓްސް“ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފިއެވެ.

އެ ހުއްދަ ދިނުމަށް އީސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އީސީގެ ނައިބުރައީސް އިބްރާހިމް ހަބީބު ވިދާޅުވީ، ޕާޓީއަށް މަދުވެގެން 3000 މެމްބަރުން ހަމަކުރުމަށްޓަކައި ތިން މަސް ލިބިގެންދާނެ ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަ ކުރުމުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް އެ ޕާޓީއަށް ދައުވަތު ދޭނެ ކަމަށެވެ.

”“ދި ޑިމޮކްރެޓްސް“ ޕާޓީ އުފައްދަން ބޭނުންވާ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

”“ދި ޑިމޮކްރެޓްސް“ ގެ ސްޕޯކްސްޕާސަން އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ވިދާޅުވީ، ޕާޓީގެ ހުރިހާ ކަމެއްވެސް ކުރިއަށް ދާނީ ނަމާއި އެއްފަދައިން ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތަކުގެ މަތިން ކަމަށެވެ. އަފި ޕާޓީގެ މަސައްކަތް ކުރާނީ އިޤްތިޞާދީގޮތުން ރައްޔިތުންނަށް ތަނަވަސްކަން ހޯދައި ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސްއިން ދީފައި ވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button