
މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އޮތް ގުޅުން ކަނޑާލަން ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ނަޝީދު މިއަދު ކުރެއްވި މެސެޖް ގައި ވަނީ ރައީސް ސޯލިހު އާއި އެމަނިކުފާނާއި ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމުގައި ވިދާޅުވެފައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހާއި އެކު އަބަދުވެސް ޒާތީ ކަންކަމުގައި އެކުގައި އުޅޭނެކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހު އާއި އެކު ދެން ސިޔާސީ ގޮތުން ހުރެވެން ނެތް ކަމުގައި ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް އިތުރު ގޮތެއް ނެތް ކަމުގައި ނަޝީދު ވިދާޅުވިއެވެ.
”ބޮންތި“ އަށް ވަނީ މި މެސެޖް ތަކުގެ ސްކްރީންޝޮޓެއް ލިބިފައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ކަމުގައި ވާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދޭނެ ކަމުގައެވެ.