މާރުކޭޓް ގޮޅިތަކުގެ ގުރުއަތު ނަގަން ޖެހިއްޖެ ނަމަ ޓީވީ އިން ލައިވް ކުރާނެ: މުއިއްޒު
މާރުކޭޓުގެ ގޮޅިތަކާއި ޕާކިންގް ސްލޮޓުތަށް ކުއްޔައް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތެއް އާންމުކޮށް ފެންނާނެ ގޮތަކަށް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މުއިއްޒު ފާހަގަކުރެއްވިގޮތުގައި މާރުކޭޓުގެ ގޮޅިތަކާއި ޕާކިންގް ސްލޮޓުތަށް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރާނީ ވަރަށް ”ޓްރާންސްޕޭރެންޓް“ ކޮންނެވެ.
Market golhi thakaai parking slot thah kuyyah dhinumuge kankan kuriyah gendhaanee hurihaa mauloomath eh aammukoh fennaane gothah varah transparent koh kamugai dhannavan, adhi guruathu nagan jehijjenama ekan kuriyah gendhaanee TV in live koh kamugai dhannavan.
— Dr Mohamed Muizzu (@MMuizzu) July 12, 2021
މުއިއްޒު އިތުރަށް ވިދާޅުވީ ގުރުއަތު ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރިއަށް ގެންދާނީ ޓީވީ މެދުވެރިކޮށް ލައިވް ކޮށް ކަމަށެވެ.