ސިޔާސީ

ފުވައްމުލަކު މެދު ދާއިރާއަށް ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ހިސްޓޯ ވާދަކުރައްވަނީ!

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ޝިފާގު މުފީދު (ހިސްޓޯ) އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ކުރިމަތިލެއްވުމަށް ނިންމާފައިވާކަމަށް ހިސްޓޯގެ އެކްސްކޮމްގައި ވަނީ އިއުލާންވެސް ކުރައްވާފައެވެ.

ހިސްޓޯ މަޖިލިސް މެންބަރުކަން ކުރެއްވެވީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުﷲ ގެ ވެރިކަމުގައި ހިސްޓޯ ވަނީ އެޗްއާރސީއެމްގެ މެންބަރުކަން ވެސް ކުރައްވާފައެވެ. ނަމަވެސް، ފަހުން އިސްތިއުފާ ދެއްވުމަށްފަހު އޭނާވަނީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުގައި މަސައްކަތް ކުރައްވާފައެވެ.

ފެށޭއަހަރުގެ ކުރީކޮޅުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާކަން ވަރަށް ގިނަ ބަޔަކު އަންނަނީ އިއުލާން ކުރައްވަމުންނެވެ. އެގޮތުން، ކުރީގެ މެންބަރުންނާއި ކުރިންނާއި އަދި މީހާރު ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ސިޔާސީ މަސްރަހުން އަދި ނުފެންނަ ނަމަވެސް އެހެން ދާއިރާތަކުން މަޝްހޫރު ބޭފުޅުންވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button