ފުލުހުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ތަހުގީގު ކުރިއަށް ގެންދާތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން އެ މައްސަލައިން ތަނާޒުލު ވެއްޖެއެވެ.
ރައީސް ޔާމީންގެ ލޯޔަރުން ވަނީ މިއަދުގެ ބައްދަލުވުން ދޫކުރައްވައި ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެންފައެވެ.
ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއާއަށް ހާޒިރުކޮއްފައިވަނީ ވ.އާރަށް ނަމަކަށް ކިޔާ ރަށެއްގެ މައްސަލައަކާއި ގުޅިގެންނެވެ. ޔާމިން ގެ ވަކީލުން ވިދާޅުވިގޮތުގައި މި މައްސަލައަކީ މީގެ ކުރިން ބަޔާން ނަގައި އިންޒާރުވެސް ދީފައިވާ މައްސަލައެއްކަމުގައެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ.މުހަމްމަދު ޖަމީލު އަހުމަދު ވިދާޅުވިގޮތުގައި މިއަދު ރައީސް ޔާމީން ހާޒިރުކުރުވެނީ މުޅިން ނިމިފައިވާ މައްސަލައެއްގައި އަނެއްކާވެސް އިންޒާރުދީ ބަޔާންނެގުމަށެވެ.
ޑރ.ޖަމީލު ވިދާޅުވިގޮތުގައި ފުލުހުން މިކަމުގެ ހުއްޖަތެއްކަމުގައި ބުނެފައިވަނީ އެމައްސލައިގައި ކުރިން ފުލުހުން ދިން އިންޒާރުގައި މައްސަލަތަކެއް އުޅޭތީ އަލުން އެ އިންޒާރު އިސްލާހުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފުލުހަށް އެންގެން ކަމަށެވެ. އަދި ވަކީލުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަލް އޮފީހުން ފޮނުވި ލިޔުން ވަކީލުންނަށް ފޯރުކޮށް ދޭން އެދުމުން ފުލުހުން އެ ލިޔުން ވަކީލުންނަށް ދީފައި ނުވާކަން ޖަމީލު ފާހަގަކުރެއްވިއެވެ.
”ފުލުހުން މި މައްސަލައިގައި އަމަލު ކުރީ ކަނޑައެޅިގެން ގާނޫނާއި ހިލާފަށް. މިކަމުގެ ސަބަބުން މުވައްކިލުގެ ހައްގު ހިމާޔަތް ނުކުރެވޭނެ.“ ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވިގޮތުގައި މިހާރު ރައީސް ޔާމީންގެ ތަހުގީގަކީ މިނިވަން ތަހުގީގެއް ނޫނެވެ.
ްކޮންމެ ކަމެއްވެސް މި ސަރުކާރުން މި ކުރަނީ އަނިޔާވެރި ކޮށް ރައީސް ޔާމީނަކީ މިގައުމު ދެކެ ލޯބިފުޅުވާ ރައްޔަތުންނަށް އޯގާތެރި ބޭފުޅެއ
މި ސަރުކާރަށް އެކަން ނުކޮށް ދެވޭތީ ރައީސް ޔާމީނަށް އަނިޔާ މި ކުރަނީ.