ޚަބަރު
ވަޒަންތައް ފެނިގެން ހައްޔަރު ކުރިމީހާގެ ބަންދަށް 3 ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަން ގޮސް ހުރި ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައިގައި ހައްޔަރު ކުރި ފަތުރުވެރިޔާގެ ބަންދަށް 3 ދުވަސް އިތުރު ކޮށްފިއެވެ.
ވީއައިއޭ އިން ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މިދިއަ ހޮނިހިރު ދުވަހުގައެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ނަމީބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މިއަދު ބުނެފައިވަނީ އެ މީހާގެ ބަންދަށް ކޯޓުން 3 ދުވަސް އިތުުކުރީ އިއްޔެގަ ކަމަށެވެ،
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.