ޚަބަރު
ގިނަ މީހުން އެއްވެގެން އީދު ކުޅުން މަނާ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ ) އިން ކުރި އިއުލާނުގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ވަނީ އާންމުކޮށްފައެވެ.
އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހްތިޔާރުކުރުމަށް ވަނީ އަންގައިފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި އާއްމުކޮށް އީދުގައި ކުރިއަށް ގެންދާ ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށްވެސް ވަނީ އަންގާފައެވެ.
ރައްކާތެރިކަމަށްޓަކައި އެޅުމަށް އިލްތިމާސް ކޮށްފައިވަ ފިޔަވަޅުތަށް :
- ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން، ފިޔަވައި އެހެންމީހުންނާ މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން
- މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުން
- ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން.
- ކެފޭ ރެސްޓޯރަންޓް ތަކާއި، ފިހާރަތަކާއި، ޕާކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން
- ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުން އަދި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން
- ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން
✳️ އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަންދިނުން:https://t.co/zNDcN9YYxB
— Health Protection Agency (@HPA_MV) July 11, 2021
ގިނަމީހުން އެއްވެގެން ބާއްވާ އީދުގެ ހަރަކާތްތައް ބޭއްވުން އެޗްޕީއޭއިން މަނާކޮށްފައިމިވަނީ، ޖުލައި މަހުގެ ހަތްވަނަ ދުވަހު ދިން ލުއިތަކާއިއެކު ގިނަ ބަޔަކު އީދަށް އެކި ރަށްރަށަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.