ޚަބަރު

ލައިސަންސް ނެތި ރިބްރޯޑްކާސްޓް ކުރުމުން ސެޓްލިންކް ޖޫރިމަނާކޮށްފި

ލައިސަންސް އާއި ޗެނަލް ރައިޓްސް ނެތި އދ. މަހިބަދޫގައި ރީބުރޯޑްކާސްޓް ކުރުމުގެ ސަބަބުން ސެޓްލިންކް ޕުރައިވެޓް ލިމިޓެޑް އެއް ލައްކަ ފަންސަވީސް ހާސް ފަސްސަތޭކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަމާ ގުޅިގެން ހުށައެޅުނު މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގަށް އދ. މަހިބަދޫ ކައުންސިލުން ދީފައިވާ މައުލޫމާތުގައި, މި ހިދުމަތް އދ. މަހިބަދޫ ސެޓްލިންކްގެ ނަމުގައި ދޭ ކަމަށާއި, ފުރަތަމަ އިސްތިހާރު ކުރި އިރު 40 ޗެނަލް ދިން ނަމަވެސް، މިހާރު ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލިބޭ ހުރިހާ ޗެނަލް އެއް އެމް ސްޓިކް މެދުވެރިކޮށް އެކުންފުނިން ފޯރު ކޮށްދޭކަމަށެވެ.

މީގެ އިތުރުން މިބަޔާނުގައި ބުނެފައިވާ ގޮތުގައި ސެޓްލިން އިން މަހިބަދޫގައި ރިބުރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭކަން ކޮމިޝަންގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. ވީމާ، މައްސަލަ ބަލަންފެށި ދުވަހުން ފެށިގެން ހިދުމަތް ދީފައިވާ ކޮންމެ ދުވަހަަކަށް 500 ރުފިޔާގެ މަގުުން، ފާއިތުވި 251 ދުވަހަށްވާ ޖުމްލަ 125500 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް، މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާކަމައް ބަޔާނުގައިވެއެވެ.

މި ބަޔާނުގައި ވަނީ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށާއި، ސެޓްލިންކް އިން މަހިބަދޫގައި ދެމުންދާ އިންޓަނެޓް ހިދުމަތާއި، ޗެނަލްތައް ހިމެނޭ ގޮތުން އެޕް ބޭނުން ކޮށްގެންދޭ ރީބުރޯޑްކާސްޓް ކުރުމުގެ ހިދުމަތް ވަގުތުން ހުއްޓާލުމަށާއި، ގާނޫނާއި ގަވާއިދުގެ ތެރެއިން މި ޙިދުމަތް ދިނުމަށް އަންގާފައެވެ.

One Comment

  1. ”މަހިބަދޫގައި ރިބުރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭކަން ކޮމިޝަންގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. ވީމާ، މައްސަލަ ބަލަންފެށި ދުވަހުން ފެށިގެން ހިދުމަތް ދީފައިވާ ކޮންމެ ދުވަހަަކަށް 500 ރުފިޔާގެ މަގުުން، ފާއިތުވި 251 ދުވަހަށްވާ ޖުމްލަ 125500 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް، މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާކަމައް ބަޔާނުގައިވެއެވެ.“
    އެފަދަ ނިންމުމަކުން ޖުރުމަނާ ކޮށް ފައިސާ ނަގަމުންދާއިރު ، ސަރުކާރަށް އެލިބެނީ ނާޖާއިޒު ފައިސާއެއްކަން ޤަބޫލު ކުރެވެނީ ކޮންބަޔަކަށްބާ!

Leave a Reply

Your email address will not be published. Required fields are marked *

Back to top button