ޚަބަރުސިޔާސީ

ޖިންސީ ކުށްތަކުގައި ޖަލުގައި ތިބި ގިނަ ކުށްވެރިން ރައީސް ޞާލިޙްގެ ސަރުކާރުން ދޫކޮށްލިކަން ހާމަވެއްޖެ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ނިމުމުގެ ކުރިން، ޖިންސީ ކުށުގެ މައްސަލަތަކުގައި ޖަލުގައި ތިބި ގިނަ ކުށްވެރިން ދޫކޮށްލިކަން ހާމަވެއްޖެއެވެ.

ހޯމް މިނިސްޓްރީން ހާމަކުރި ލިޔެކިއުންތަކުން ހާމަވާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކްލެމެންސީއާއި ޕެރޯލްގެ ދަށުން ޖުމްލަ 434 ކުށްވެރިން ދޫކޮށްލާ، 91 ކުށްވެރިއަކު ގޭބަންދަށް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ކްލެމެންސީއާއި އަފްއާމްގެ ދަށުން 290 ކުށްވެރިން ދޫކޮށްލިއިރު އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯޯނާކުރުމުގެ މައްސަލައެއްގައި ބަންދުގައި ހުރި މީހަކާއި ޖިންސީ ގޯނާގެ މައްސަލައެއްގައި ބަންދުގައި ހުރި މީހަކާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގައި ބަންދުގައި ހުރި މީހަކު ހިމެނެއެވެ. މީގެއިތުރުން ޕެރޯލްގެ ދަށުން 53 މީހުން ދޫކޮށްލިއިރު އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި ބަންދުގައި ހުރި މީހަކާއި ހަށި ވިއްކުމުގެ މައްސަލައެއްގައި ބަންދުގައި ހުރި މީހެއް ވެސް ހިމެނެއެވެ.

  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހިމެނޭ 18 މީހުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތަކާ ޖިންސީ ގުޅުން ހިންގުމުގެ މައްސަލައެއްގައި ހިމެނޭ މީހެއް.
  • އާއިިލީ ގޮތުން ގުޅުން އޮންނަ ފަރާތަކާ ޖިންސީ ގުޅުން ހިންގުމުގެ މައްސަލައެއްގައި ހިމެނޭ މީހެއް.
  • އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައެއްގައި ހިމެނޭ މީހެއް.
  • ރޭޕްގެ މައްސަލައެއްގައި ހިމެނޭ މީހެއް.
ރައީސް އިބްރާހިމް ހުވާކުރެއްވި ފަހުން ވެރިކަމުގެ އެންމެ ފަހު ދުވަހާ ހަމައަށް ވަނީ ބޮޑެތި ކުށްތަކުގައި ތިބި އެތައް ބަޔަކަށް މަޢާފު ދެއްވާފައެވެ. އަދި ރައީސް އިބްރާހިމްގެ ސަރުކާރުގައި މަތީފަޑީގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތައް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ބައެއް މައްސަލަތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button