ޚަބަރުސިޔާސީ

ރައީސް ޔާމީނަކީ އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ އިހުލާސްތެރި ވެރިއެއް: ވައްޑެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ މާތްވެގެންވާ އިސްލާމްދީނާއި މިގައުމުދެކެ ލޯބިވާ، އިޚްލާސްތެރި ވެރިއެއް ކަަމަށް، އިދިކޮޅު ކޯލިޝަންގެ ހެންވޭރު ސްޓިއަރިންގ ކޮމިޓީގެ ޔޫތް މެމްބަރ، އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. ވައްޑެ މިހެން ވިދާޅުވީ ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނާއި ރައީސް ޔާމީން ތަފާތުވަނީ މިސިފަތަކުގެ ސަބަބުންކަމަށް ވައްޑެވަނީ ވިދާޅުވެފައެވެ.

ވައްޑެގެ ވާހަކާގައި، އަޅުގަނޑުމެންގެ ދިވެހި ގައުމު ކުޑަޔަސް، އަޅުގަނޑުމެންގެ ގައުމުގެ އެތެރޭގެ މައްސަލަތައް އަމިއްލައަށް ހައްލުކުރެވެން ޖެހޭކަމަށް ރައީސް ޔާމީން އަބަދުވެސް ވިދާޅުވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދީނާއި ގައުމިއްޔަތުދެކެ ރައީސް ޔާމީންވާ ލޯތްބަކީ، ރައީސް ޔާމީންގެ ކިބައިގައި ހުރި އެބޭފުޅާ އެންމެ ލޯބިވާ ސިފަކަމަށް ވައްޑެ ވިދާޅުވިއެވެ.

ހަމައެއާއިއެކު ރައީސް ޔާމީނަށް އަމާޒުކޮށްގެން ދައުވާތަކެއްކޮށް، އެމަނިކުފާނު ނުހައްގުން ޖަލަށްލުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން އަދި ޒުވާނެއްގެ ހައިސިއްޔަތުން ބަލައިގަންނަ ކަމެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ހުކުމެއް ކަމަށްވެސް ވައްޑެ ސިފަކުރެއްވިއެވެ.

މީގެ އިތުރުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރެވޭއިރު ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ވެއްޖެނަމަ އިތުރު ރޭވުމެއްގެ ގޮތުން، ކުރިން ތަހުގީގު ނިމިފައިވާ މައްސަލަތަކުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަމުން ދާތީ ވައްޑެވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button