ޚަބަރު

ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށްފި!

ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފައިވާ ކަމުގައެެވެ.

ތެލެސީމީއާ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ތަފާތު ނުކޮށް، މުޖްތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭނެ ކަމުގައެވެ. އަދި އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ގައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ދަމަނަވެށީގައި ހިންގަމުން އަންނަ، ތެލެސީމީއާ ސެންޓަރުގެ ހާލަތު ގޯސްވެ، އެތަނުގެ ބައެއް އިސް ވެރިންގެ މައްސަލަތަކެއް ފެންމަތިވެ، ލޭއަޅާ ކުދިންގެ ބެލެނިވެރިން ވަނީ މުޒާހަރާ ކޮށްފައެވެ. އަދި ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ އިމާރާތަށް ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތްތައް ބަދަލުކުރައްވަން ގައުމީ ކަމެއްގެ ގޮތުގައި އެމްއެންޑީއެފްގެ ސާވިސް ކޯ އާއި ހަވާލުކުރައްވަން ރައީސް ނިންމެވީ އެ ހާދިސާ ހިނގައިގެން އުޅުނު ދުވަސްވަރެވެ.

އޮރެންޖު ހިޔާގެ މަސައްކަތް ސިފައިން ފެށީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ. މަސައްކަތް ނިންމުމަށް އާމާޒު ހިފީ މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button