ޚަބަރު

ސްޓެލްކޯގެ އިންޖިނިއަރިންގ ސްކޮލަރޝިޕް ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް!

ސްޓެލްކޯއިން ހިންގާ ”މެރިމެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް“ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ބޭއްވުމަށް އެކުންފުނިން ނިންމައިފިއެވެ.

މި ސެޝަންތައް އަމާޒުކުރެވިފައިވަނީ މި ސްކޮލަރޝިޕް ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

މި ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަން އޮންނާނީ 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައެވެ. މި ރޫމް ހުންނާނީ ސްޓެލްކޯ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. މި ސެޝަނަކީ ވޯކް-އިން އިންފޮމޭޝަން ސެޝަނެއްގެ ގޮތުގައި ބޭއްވޭ ސެޝަނެކެވެ.

މީގެ އިތުރުން، އޮންލައިން މެދުވެރިކޮށް އިތުރު އިންފޮމޭޝަން ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އޮންލައިން ސެޝަން އޮންނާނީ ހަމަ އެ ދުވަހުގެ މެންދުރުފަހު 13:00 އިން 14:00 އަށެވެ. އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން training@stelco.com.mv އަށް އީމެއިލް ކުރުމުން، އެ ސެޝަނަށް ރަޖިސްޓަރ ކޮށްދިނުމަށްފަހު މީޓިންގ ލިންކު ފޮނުވައިދެވޭނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މި ދެ ސެޝަންގައިވެސް ސްޓެލްކޯގެ ”މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް“ އާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވިގެންދާނެއެވެ،.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button