ޚަބަރުސިޔާސީ

ތަފާތު ނުކޮށް، މުޖްތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށްދޭން ޖެހޭ: ރައީސް

ތަފާތު ނުކޮށް، މުޖްތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތެލެސީމީއާ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖްތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭނެއެވެ.

އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ގައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދަމަނަވެށީގައި ހިންގަމުން އަންނަ، ތެލެސީމީއާ ސެންޓަރުގެ ހާލަތު ގޯސްވ،ެ އެތަނުގެ ބައެއް އިސް ވެރިންގެ މައްސަލަތަކެއް ފެންމަތިވެ ލޭއަޅާ ކުދިންގެ ބެލެނިވެރިން ވަނީ މުޒާހަރާ ކޮށްފައެވެ. އެ ހާދިސާގެ ފަހުން ރައީސް މުއިއްޒު ވަނީ އަދި ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ އިމާރާތަށް ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތްތައް ބަދަލުކުރައްވަން ގައުމީ ކަމެއްގެ ގޮތުގައި އެމްއެންޑީއެފްގެ ސާވިސް ކޯ އާއި ހަވާލުކުރައްވާފައެވެ. އެގޮތުން އެ މަސައްކަތް ސިފައިން ފެށީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ. މަސައްކަތް ނިންމުމަށް އާމާޒު ހިފީ މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.

އައު ތެލެސީމިއާ ސެންޓަރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދާލުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމަށް ”ބޮންތި“ އިން ގުޅާލުމުން ޖަވާބު ނުދެއްވާތީ އެކަން މިހާރު ގޮސްފައިވާ ހިސާބު ސާފެއް ނޫނެވެ.

ތެލެސީމީއާ ދުވަސް ދުނިޔޭގައި ފާހަގަކުރަނީ ކޮންމެ މީލާދީ އަހަރެއްގެ މެއި މަހުގެ8 ވަނަ ދުވަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button