މެމްބަރު ކައްޕި އަދި އައިފާން ދެއްވި ރޯދަ ވީއްލުން: ފެނިގެންދިޔައީ މޫނުތަކުން އުފާވެރިކަން

ރޯދަ މަސް ނިމުމަކާއި ހަމައަށް އައި އިރު ފެނިގެންދިޔައީ އެކި އެކި ފަރާތްތަކުން ދެމުން އައި ރޯދަ ވީއްލުންތަކެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަވި އެއް ރޯދަ ވީއްލުމަކީ މާލޭގެ ހެންވެއިރު ދާއިރާގެ ޒުވާނުންނަށް ހާައްސަކޮށްގެން ކުރިޔަށް ގެންދިޔަ ރޯދަވީއްލުމެވެ.
މި ރޯދަ ވީއްލުން އިންތިޒާމުކޮށްދެއްވާފައި ވަނީ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހިމް އަލީ (ކައްޕި) އާއި ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނެވެ.
މި ރޯދަ ވީއްލުމުގެ ހާއްސަ މަގުސަދަކަށް ވެގެންދިޔައީ ރޯދަ މަސް ނިންމާލާއިރު ހެންވެއިރުގައި ދިރިއުޅޭ ހުރިހާ ޒުވާނުން އެއްތަންވެ އެކުގައި ވަގުތު ހޭދަކޮށް ގުޅުން ބަދަހިކުރުމެވެ.
ހެންވެއިރު ޒުވާނުންގެ ފަރާތުން ފެނިގެންދިޔައީ ވެސް ހަމަ އެ ފަދަ މަންޒަރުތަކެވެ. މި ރޯދަ ވީއްލުން އިންތިޒާމުކޮށްދެއްވީތީ ޒުވާނުން ވަނީ މެމްބަރު ކައްޕި ް
އަދި އައިފާން އަށް ޝުކުރު ދަންނަވާފައެވެ.