ސިޔާސީ

އަހަރުން ފެށިގެން ރޯދަމަހަށް ސްކޫލުތައް ބަންދުކުރެވޭނެ ގޮތް ހަދަނީ

އަންނަ އަހަރުން ފެށިގެން ރޯދަމަހަށް ސްކޫލު ބަންދުކުރެވޭނެ ގޮތްތައް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

”ރައްޔިތުންނާ އެކު“ ގެ ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓް ޝޯ ގެ ފުރަތަމަ އެޕިސޯޑުގައި ރައީސް މިއަދު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ރޯދަމަހުގެ ފަހު 10 ބަންދުކުރީ ރޭ އަޅުކަން ކުރުމަށް ވަގުތު ދިނުމަށް ކަމަށެވެ.

އެގޮތަށް ބާރު އެޅުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ރޯދަމަހުގެ ތެރޭގައި ސްކޫލު ބަންދު ވާނެ ގޮތް ހެދުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކުން، މި ރޯދަމަހަކީ ސްކޫލު ބޮޑު ޗުއްޓީ އެވެ. އެ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ 7 ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button