ދުންފަތް ބޭނުންކުރުން މަނާކުރަން ”ޖެނެރޭޝަން ބޭންއެއް“ ގެންނަނީ

ދުންފަތް ބޭނުންކުރުން މަނާވާ ގޮތަށް ”ޖެނެރޭޝަން ބޭން“ އެއް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ އެކު“ ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓުގެ ފުރަތަމަ ޝޯގައި ރައީސް ވިދާޅުވީ އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ މީހުން މަދުކޮށް، އެކަން ހުއްޓުވުމަށްޓަކައި ”ޖެނެރޭޝަން ބޭން“ ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއީ ގިނަ ގައުމުތަކުގައި މިހާރު ވެސް އަޅަމުން އަންނަ ފިޔަވަޅުތަކެއް ކަމަށާއި ރާއްޖޭގައި އެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެއް،“ ރައީސް ވިދާޅުވި އެވެ.