ސިޔާސީ
ކިއުގައި މިފަހަރު ހައްޖައް ދާން ތިބި ހުރިހާ ފަރާތަށް ހައްޖައް ދެވޭނެ: ރައީސް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ހިމަނާފައި ތިބި އެންމެންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަވައިފިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.
”އިންޝާ ﷲ. އަދި މިއީ ޒަމާންތަކަކަށް ފަހު، އެއަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،“ ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ކިއުގައި ތިބި އެންމެންނަށް މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ރައީސް މިރޭ އިއުލާން ކުރެއްވި ނަމަވެސް އެއީ ކިހާ މީހުންނެެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އިސްލާމިކް މިނިސްޓްރީންވެސް އަދި ހައްޖު ކޯޕަރޭޝަނުންވެސް އަދި އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.