ޚަބަރުސިޔާސީ

ނިޒާމު ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް: ސަނީފް

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިހެން ވިދާޅުވީ އޮންލައިން ނޫހެއްކަމުގައިވާ ”އަވަސް“ ގެ މޯނިން ޝޯ ”ފަށަމާ“ ގައި ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅު ގައެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓްގައި އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެއް ގެންނާށެވެ. އަދި އެކަމަށް ވަރަށް ގަދަ އަޅާ މަސައްކަތް ކުރި ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އޭރު އެގޮތަށް ކަންކުރީ ބަރުލަމާނީ ނިޒާމެއްގައި ވަރަށް ގިނަ ފައިދާތައް ހުރިކަން ވިސްނިވަޑައިގަތުމުން ކަމަށާއި، ނަމަވެސް ރާއްޖެއަށް ދިމާވެގެން އުޅެނީ ނިޒާމުގެ މައްސަލަ ނޫންކަން މިހާރު ހުރި ހުރިހާ މައްސަލަތަކަށް ރަނގަޅަށް ވިސްނާލުމުން އެނގިވަޑައިގަންނަވާ ކަމަށެވެ.

”ނިޒާމުގެ ބަހުސްގެ ކުރިން ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި. ގައުމާއި ރައްޔިތުންނަށްޓަަކައި ކުރަންޖެހޭ އެއަށްވުރެ މާގިނަ މަސައްކަތްތައް އެބަހުރި. މިއީ ނިޒާމު ބަދަލު ކުރަން ޖެހޭ ވަގުތެއް ނޫން.“ ސަނީފް ވިދާޅުވިއެވެ.

ސަނީފް މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް އެންމެ ފައިދާ ހުރި ނިޒާމަކީ ބަަރުލަމާނީ ކަމަށް ވިދާޅުވެ ނިޒާމު ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button