ޚަބަރު

ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރުކޮށްފި

ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ އާންމުކުރި ބަޔާނެއްގައި ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ ފުލުހުންނާއި ސިފައިންނާއި މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށް، އެމީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.

މި އޮޕަރޭޝަންގައި ގ. ޝަބްނަމީ ގޯޅީގައި ހުންނަ ޕްރެސައިޑު ކިޔާ ގެއަކާއި، ހެންވޭރުގައި ހުރި ގަރާޖެއް ބަލައި ފާސްކޮށްފައިވެ އެވެ، އަދި ހުޅުމާލޭގައި ހުންނަ ވިނަރެސް ޓަވަރުގެ އެޕާޓްމަންޓެއްވެސް ފުލުހުން ބަލައި ފާސްކުރި ކަމަށް މައުލޫމާތު ލިބެ އެވެ.

މިރޭ 11:00 ޖަހަނިކޮށް ފުލުހުންނާއި ސިފައިން ފެށި މި އޮޕަރޭޝަންގައި ފުލުހުން ވަނީ ޖުމްހޫރީ މައިދާން ކައިރިން ޕިކަޕެއްގައި ދަތުރުކުރަމުން ދިޔަ މީހަކު ހުއްޓުވުމަށްފަހު، އެ ޕިކަޕާއި އަދި އޭނާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކުރުމަށްފަހު އެމީހާ ހައްޔަރުކޮށްފަ އެވެ.

ފުލުހުންނާއި ސިފައިން ކުރިއަށް ގެންދަނީ ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button