ސިޔާސީ

މިފްކޯގެ އާ ސީއީއޯގެ މަގާމަށް ފަރުހަތު

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.

މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް މިއަދު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލިއުބިމޮވް މިމަހުގެ ތިންވަނަ ދުވަހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު މަގާމަށް އައްޔަންކުރި ވިޓާލީ މަގާމުން ވަކިކުރި ވަކި ސަބަބެއް ހާމަކޮށްފައިނުވެއެވެ.

މިފްކޯގެ އާ ސީއީއޯ ފަރުހަތު މީގެކުރިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް — އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް ހިންގާ ގުރޫޕްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button