ޚަބަރު
އެޗްޑީސީގެ ޗެއާމަންކަމުން ނާސިފް ވަކިކޮށް، ވެމްކޯގެ ޗެއާމަން ކަމަށް އައްޔަނުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑް އަޙްމަދު ނާޞިފް، އެ މަޤާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމަށް މިއަދު އައްޔަނުކޮށްފިއެވެ.
މިކަން ޕީސީބީ އިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނާސިފް އެންމެ ފުރަތަމަ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންގެ ގޮތުގައެވެ.
އެފަހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާވަނީ، އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައެވެ.
ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ނާސިފް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.