ސިޔާސީ

މިފްކޯގެ ސީއީއޯގެ މަގާމުން ޑރ. ވިޓާލީ ވަކިކޮށްފި

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި އެވެ.

ވިޓާލީ މަގާމުން ވަކިކޮށްފައިވާ ޕްރައިވެޓައިޒޭޝަން ބޯޑާއި މިފްކޯ އިން ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް ވަކި ކުރި ސަބަބެއް އެއްވެސް އިދާރާއަކުން ނުބުނެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ރަސްމީކޮށް ވިޓާލީ ހަވާލުވެވަޑައިގަތީ މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.

ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ވިޓާލީ އަކީ ކުންފުނިތައް ނަގައި ކޮޅަށް ޖެހުމާއި ކުންފުނިތައް ހިންގުމުގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިފްކޯއަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސީއީއޯއަކު ހޯދީ އެ ކުންފުންޏަކީ ކޮރަޕްޝަނާ ދުރު ކުންފުންޏަކަށް ހެދުމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ބިދޭސީއަކު ހަމަޖެއްސިއިރު އެ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ 1.2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް އޭރު އޮތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button