ޚަބަރު
ރާއްޖޭގެ ދެކުނަށް ރީނދޫ ސަމާލު ނެރެފި

ފުވައްމުލައް ސިޓީ އާއި އަައްޑޫ ސިޓީއަށް މޫސުން ވަރަށް ގޯސްވެ، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ދެ ސިޓީއަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ އިރުއޮއްސި 18:30 އަށެވެ.
މީގެ ކުރިން މެޓް އިން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ސަމާލުގެ މުއްދަތު ހަމަވާނީ ހަވީރު 17:00 އަށެވެ.