ސިޔާސީ

މުދަލުގެ އަގުތައް އެނގޭނެ ”އަގުމަގު“ ޕޯޓަލް ލޯންޗްކޮށްފި

ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބެލޭނެ ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ”އަގުމަގު“ގެ ނަމުގައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް ރޭ ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި އެޕްލިކޭޝަންގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބެން ހުރި ތަންތަން ބުނެދިނުމެވެ.

އިކޮނަމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ޕޯޓަލްގެ ޒަރީއާއިން ރައްޔިތުންނަށް އެއްތަނަކުން ކާބޯތަކެތީގެ އަގުތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޕޯޓަލްގައި ހިމެނޭ މައުލޫމާތުތައް އަޕްޑޭޓްކުރަނީ އިކޮނަމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ހަފްތާއަކު އެއްފަހަރު ތަފާތު ފިހާރަތަކަށާއި ބާޒާރުތަކަށް ޒިޔާރަތްކޮށް އެއްކުރާ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށެވެ.

ޕޯޓަލް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އެޕްލިކޭޝަން ޑިޒައިންކޮށްފައިވަނީ ރައްޔިތުންނަށް ގޭގައި ތިބެގެން ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބެލޭނެ ގޮތަށް ކަމަށެވެ. މި ޕޯޓަލްގައި ހިމަނާފައިވާ ކާބޯތަކެއްޗަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ އަސާސީ ބާވަތްތަކެއް ކަމަށްވެސް ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button