ޚަބަރުސިޔާސީ

ފްލެޓް ލިސްޓަށް ޝަރުތު ހަމަވީ 1،820 މީހުން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުން ކަމަށް ބުނެ އެކުލަވާލާފައިވާ ލިސްޓް އަލުން އިވެލުއޭޓް ކުރުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމެމުން ދަނިކޮށް އެ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 8،660 މީހުންނެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މަތިން މާކްސް ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓް ލިބެނީ 397 މީހުންނަށެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ގޮތުގައި 3,721 މީހުން އަދި ދެ ކޮޓަރި ފްލެޓް ލިބޭ މީހުންގެ ގޮތުގައި 1,218 މީހުން ހިމަނާފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button