ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ. އެގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިޠުރުު ޒަކާތް ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއެކު އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. އެގޮތުން މިފަހަރުވެސް އޮންލައިންކޮށް 5 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.
ޒަކާތް ދެއްކޭނެ ގޮތްތައް
– ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
– އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
– މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
– ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްިލޭޝަން
– ފަހިޕޭ (އެޕްލިކޭޝަން)
– ބަނޑޭރި ޕޭ
ޒަކާތު ހައުސްއިން ވިދާޅުވީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ.