ޚަބަރު

މަރުކަޒީ ބޭންކުން ނެގި ލޯނުގެ އަދަދު 3.2 ބިލިއަނަށް އިތުރުވެއްޖެ

މަރުކަޒީ ބޭންކުން ނެގި ލޯނުގެ އަދަދު 3.2 ބިލިއަނަށް އިތުރުވެއްޖެއެވެ.

31 ޖުލައި 2022 ގެ ނިޔަލަށް މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާގޮތުން ސަރުކާރަށް ލޯނުގެ ގޮތުގައި އެ ބޭންކުން ދީފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. އެކަމަކު އޯގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 3.2 ބިލިއަނަށް އިތުރުވެފައެވެ.

މަރުކަޒީ ބޭންކުން ފައިސާ އޮވަރޑްރޯ ކުރަމުންދަނީ ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން 1 އަހަރު ދުވަހަށް ފަސް ކުރުމަށް ފަހުގައެވެ. މިގޮތަށް އެންމެ ފުރަތަމަ ޤާނޫނު ސަސްޕެންޑުކުރީ 2020 ވަނަ އަހަރު ތެރޭގައެވެ. އެފަހުން  އެ ހުއްދަ 2022 ވަނީ 1 އަހަރަށް އިތުރުކޮށްފައެވެ. އަދި 2020 އަދި 2021 ވަނަ އަހަރު ޗާޕުކުރި ފައިސާ 50 އަހަރު ތެރޭގައި އަނބުރާ ދައްކާ ބޮންޑަކަށް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.

މަޖިލީހުން ފާއިތުވި ނޮވެމްބަރު މަހު ފާސްކޮށްފައިވަނީ މިއަހަރު ތެރޭގައި 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށެވެ. އަދި އަނބުރާ އެ ފައިސާ ދައްކަންޖެހެނީ 0.1 ގެ އިންޓަރެސްޓު ރޭޓުގައެވެ.

800 މިލިއަން ރުފިޔާ މޭމަހު އެކަނި ޗާޕުކޮށްފައިވާއިރު  މިކަމުގެ ކަންބޮޑުވުން ފާޅުކޮށް, ރާއްޖޭގެ އިޤްތިސޯދީ މާހިރުން ވަނީ މިކަމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށަށް ދާނެ ކަމުގެ އިންޒާރު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button