ޚަބަރު

މަރުތޭލުން ޖެހި ކަމަށް ތުހުމަތު ކުރެވޭ މީހާ އެއާޕޯޓުން ހައްޔަރުކޮށްފި

އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް މަރުތޭލަކުން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި އެއާޕޯޓުން ހައްޔަރުކުރީ މާލޭގެ ގޭންގަކަށް ނިސްބަތްވާ އަދި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ދެކޭ ފުވައްމުލައް، ދިގުވާޑު، ބަނަފްސާގެ، ހުސައިން އަރީޝް (31 އ) އެވެ.

އަރީޝް ހައްޔަރުކުރީ ފިލައިގެން މެލޭޝިއާއަށް ރޭގެ ވަގުތެއްގައި ދިޔަ ފަހުން އެ ގައުމުގެ ފުލުހުންނާއި ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ރާއްޖެއަށް އަނބުރާ ފޮނުވާލުމުން މިއަދު ހެނދުނު ރާއްޖެ އައި ވަގުތު އެއާޕޯޓުންނެވެ.

އަރީޝް އަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ގެންގުޅުމާއި މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ ރެކޯޑްތަކެއް އޮންނަ މީހެކެވެ.

އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ހަމަލާދިނީ ސައިކަލްގައި ފަހަތުގައި އިން މީހާ ކަމަށްވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button